ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އެސް.އެސް.ޑީ ޔުނިޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިހޮސްޕިޓަލްގެ ސީ.އެސް.އެސް.ޑީ ޔުނިޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

މިހޮސްޕިޓަލުގެ ސީ.އެސް.އެސް.ޑީ ޔުނިޓް އިމާރާތް ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް  ޝައުގުވެރިވާ  ފަރާތްތަކުން 07 މާރިޗް ވާ އާދީއްތަ ދުވަހުން ފެށިގެން 15 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިހޮސްޕިޓަލްގެ ޕްރޮކިއުމެންޓް ސެކްޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިމަކުރެއްވުމަށްފަހު އީމެއިލްކުރައްވައި ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރަޖިސްޓަރީކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 17 މާރިޗް 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.

             

          20 ރަޖަބް 1442

          04 މާރިޗް 2021

 

 

04 މާރިޗު 2021
ހޯދާ