ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
އޭ ބްލޮކް އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުން

އޭ ބްލޮކް އިމާރާތުގެ ފުރާޅު ޓިނުބަދަލުކުރުން

1        މި ސްކޫލްގެ އޭ ބްލޮކް އިމާރާތުގެ ފުރާޅު ޓިނުބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މިޕްރޮޖެކްޓް އާއި ބެހޭ ޕްރީބިޑް މީޓީން އޮންނާނީ 2021 މާރިޗް 11 ވަނަ ދުވަހުގެ 11:00 ގައި ދިއްގަރު ސްކޫލް އޮފީހުގައެވެ. ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓީން އަށް ހާޒިރުވާ ފަރާތްތަކަށެވެ.  މީޓިން އަށް ހާޒިރުވާ ފަރާތްތަކަށް ބީލަން ފޮތް ހަވާލް ކުރެވޭނެއެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރިޗް 16 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް، ނުވަތަ މި ސްކޫލް އޮފީހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 މާރިޗް 21 ވަނަ ދުވަހުގެ 11:00 ގައި ދިއްގަރު ސްކޫލް އޮފީހުގައެވެ.

5        އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދިއްގަރު ސްކޫލް

މ.ދިއްގަރު / ދިވެހިރާއްޖެ

ފޯން:  7952904

އީ-މެއިލް: [email protected]

04 މާރިޗު 2021
ހޯދާ