މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ދަށުން ހިނގާ އއ.ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ދަށުން ހިނގާ އއ.ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  IUL)23-AP/23/2021/4)(10 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާ ބު ހުށަހަޅާފައިވާ ފަރާތުގެ އަގުބޮޑުކަމަށް ފެންނާތީ މިއިޢުލާން ބާތިލް ކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 03 މާރިޗު 2021 ވާ ބުދަ ދުވަހުން ފެށިގެން 14 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ދަރުބާރުގެ ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 މާރިޗު 2021 ވާ އާދިއްތަ ދުވަހު ހެނދުނުު 13:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                                 19 ރަޖަބު  1442

03 މާރިޗު 2021
ހޯދާ