މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް މެނޭޖްމަންޓް އިންޖިނިއަރ (ލޯކަލް)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮންޓްރެކްޓް މެނޭޖްމަންޓް އިންޖިނިއަރ  (ލޯކަލް)

]MV-MONPI-217274-CS-INDVރިފަރެންސް ނަން ބަރު:]

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން  އިން ކުރިއަށް ގެންދާ " މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ލޯނާއި ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިމަޝްރޫޢަށްބޭނުންވާ ފަންނީ އަދި އިންޖިނިއަރިންގްގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީ  މިމަޝްރޫޢު ހިންގާ ފަރާތުން ހަވާލުކުރާ މަސައްކަތްތައް ކުރުން ހިމެނެއެވެ.  ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

  1. ސިވިލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވުން  
  2. 5-7 އަހަރު ދުވަހުގެ މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.  
  3. ޑޯނަރ ފަންޑަޑް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  4. އިނގިރޭސި ބަހާއި އަދި ދިވެހި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުމާއި ހައްސާސް މައްސަލަ ހައްލުކުރުމުގެ ޤާބިލްކަންލިބިފައިވުން އަދި ތަފާތު ފަންނުގެ މީހުންނާއި އެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  5. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ގަވާއިދުން ޕްރޮޖެކްޓް ސައިޓްތަކަށް ދަތުރުކުރެވޭނެ ފަރާތަކަށްވުން
  6. ނަޒާހަތްތެރިކަމާއި އެކު މަސައްކަތް ކުރާ ފަރާތަކަށްވުން
  7. ޝޯޓްލިސް ކުރެވޭ ފަރާތްތަކުގެ ޤާބިލުކަން ސާބިތުކޮށްދިނުމަށް އިންޓަރވިއުކުރެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ މަޝްރޫޢުގެ މަޤްސަދުތަކާއި މަޝްރޫޢުގެ މަސައްކަތްތައް ކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ފުރިހަމައަށް ލިބިފައިވާ ފަރާތަކަށްވާންވާނެއެވެ. އަދި މި މަޤާމަށް ހޮވޭފަރަތަކީ އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަމާއި، ބަދަލުވަމުންދާ ހާލަތްތަށް ރިއާއަތްކޮށް ނިންމުންތައް ނިންމުގެ ޤަބިލްކަން ހުންނަންވާނެއެވެ. 

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 39,330.00  ރުފިޔާގެ ޢުޖޫރައެއް ދެވޭނެއެވެ.

މިމަސައްކަތްކަތުގެ މުއްދަތަކީ 4 އަހަރު ދުވަހެވެ. އަދި މީގެ ތެރެއިން 3 މަސްދުވަސް ޕްރޮބޭޝަންގެ ގޮތުގައި ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރިޗް ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް:[email protected]

އީމެއިލް:[email protected]

 

 

03 މާރިޗު 2021
ހޯދާ