މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

            މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2021 މާރިޗު 02 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:  

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ

(ނ) ސިޔާސީ

(ރ) ޝަރުއީ އަދި ޤާނޫނީ

(ބ) ވިޔަފާރިއާއި އިޤުތިޞާދު

(ޅ) ކުޅިވަރު

(ކ) ފޮޓޯ ޖާރނަލިޒަމް

(އ) ވީޑިއޯ ޖާރނަލިޒަމް

(ވ) އޯޑިއޯ ޖާރނަލިޒަމް

(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

(ފ) ފީޗަރ / ރިޕޯޓް

(ދ) އެންމެ އުންމީދީ ނޫސްވެރިޔާ

            މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މި އިޢުލާނާއެކު އާންމުކޮށްފައިވާނެއެވެ.

            ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2021 މާރިޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު މި ކައުންސިލަށް ހުށަހެޅުން އެދެމެވެ.  

            މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

  18  ރަޖަބު  1442

 

02 މާރިޗު 2021
ހޯދާ