ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ި ކޯޓަށް (VRV4 18 HPR) އޭސީގެ 2 (ދޭއް) ސިސްޓަމްގެ އައުޓްޑޯރ ޔުނިޓް ސަޕްލައިކޮށްދިނުން

އިޢުލާން

 

        މި ކޯޓަށް (VRV4 18 HPR)  އޭސީގެ 2 (ދޭއް) ސިސްޓަމްގެ އައުޓްޑޯރ ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)197-A3/1/2021/4 (01 ފެބްރުވަރީ 2021) އިޢުލާނާއި ގުޅިގެން، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން، އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތަށް ފުރިހަމަ ނުވާތީ، އަންދާސީހިސާބުތައް ބާޠިލްކޮށް މި ކަމަށް އެދި އަލުން އިޢުލާން ކުރަމެވެ.

        ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ https://supremecourt.mv/storage/mv/media/iulaan/ac-out-door-information-sheet-02-03-21.pdf ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

        އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުތާރީޚަކީ 11 މާރިޗު 2021 ވަނަ ދުވަހުގެ 14:00 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

          18 ރަޖަބު 1442

02  މާރިޗު 2021

02 މާރިޗު 2021
ހޯދާ