ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ޤަބުރުސްތާން ސާފުކުރުމާބެހޭ

އިޢްލާން

ކިނބިދޫ ޤަބުރަސްތާނު ސާފުކުރުމާބެހޭ                                                  

            ކިނބިދޫ ކުޑަ މިސްކިތުގެ 2 ޤަބުރަސްތާންގެ ގަސް ހެދި ވިނަ ބޯވެފައިވާތީ، މި 2 ޤަބްރުސްތާނު ސާފު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ޤަބުރަސްތާނު ސާފުކުރުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަހައްޓަން ބޭނުންވާ ބައެއް ގަސް ފިޔަވައި އެނޫން ބިމުން ފަޅާފައިވާ  6 އިންޗިއަށް ވުރެ ދިގު ހުރިހާ ގަހެއް ބުޑާއެކު ނަގައި ގެންނެވެ.   

     މިމަސައްކަތުގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ -/12001 ( ބާރަހާސް އެކެއް ރުފިޔާ) އަށްވުރެ ބޮޑު ނޫން އަގެކެވެ.

       މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 މާރިޗް 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގައި ނަން ނޯޓްކުރެއްވުމަށްފަހު މަޢްލޫމާތު ޝީޓް ގެންދެވުން އެދެމެވެ. އިތުރު މަޢްލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ލިއުމަކުން ހުށަހެޅުއްވުމުން ލިއުމުންނާއި، ނުވަތަ ކައުންސިލްގެ އީ މެއިލް [email protected] އަށް މެއިލް ކުރެއްވުމުން މެއިލްއިން ޖަވާބު ލިބިވަޑައިގަންނަވާނެއެވެ.

            ނަން ނޯޓް ކުރެއްވި ފަރާތްތަކުގެ އެސްޓިމޭޓް ހުށަހެޅުއްވުމާއި، އެ އެސްޓިމޭޓްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 10 މާރިޗް 2021 ދުވަހުގެ މެންދުރު ކުރީ 11.00 ގައި މިއިދާރާގައެވެ.       އެސްޓިމޭޓް ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މަސައްކަތަށް އެސްޓިމޭޓް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ 2014/18 ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެސްޓީމޭޓް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަކާއި އެފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް

- މަސައްކަތުގެ އަގަށް   95%   (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 95x)

- މުއްދަތަށް         5%    (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 05x)

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                     18 ރަޖަބް 1442                      

                     02 މާރިޗް 2021           

              

02 މާރިޗު 2021
ހޯދާ