އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ފްރޯޑް އެގްޒަމިނަރ

އިޢުލާން ނަންބަރު: AS/IUL/2021/010 

މަޤާމް: ސީނިއަރ ފްރޯޑް އެގްޒަމިނަރ

ޑިޕާޓްމަންޓް/ސެކްޝަން: މެޑިކަލް ކްލެއިމްސް އިންވެސްޓިގޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ނާރސިންގ ދާއިރާއިން ނުވަތަ ސިިއްޚީދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު, ސިިއްޚީދާއިރާއާއި ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

    

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކްލެއިމްސްތަކުގެ މެޑިކަލް އިވެލުއޭޝަން ހެދުން
  2. ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ އިންސްޕެކްޝަން ހެދުމާއި ރިޕޯޓް ތައްޔާރުކުރުން
  3. ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މުޢާމަލާތްކުރުން
  4. މެޑިކަލް އޮޑިޓްގެ މަސައްކަތް ރާވައި ހިންގުން

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް (ހާއްސަކޮށް މައިކްރޯސޮފްޓް އެކްސެލް) ބޭނުންކުރަން އެނގުން
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

 

މުސާރައާއި އިނާޔަތް:

- އަސާސީ މުސާރަ: -/7100 ރުފިޔާ

- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)

- އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)

 

ކުރިމަތިލުމުގެ ސުންގަޑި:   09 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

02 މާރިޗު 2021
ހޯދާ