މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެއާޓްރާންސްޕޯޓް އޮފިސަރ

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:

(IUL)201-A/1/2021/7 

ތާރީޚް:

1 މާރިޗް 2021

 

މަޤާމް:

އެއާޓްރާންސްޕޯޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާޓްރާންސްޕޯޓް ސެކްޝަން

މުސާރަ އާއި އެލަވަންސް:

11,540.25 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1. އޭލެވަލް އިކޮނޮމިކްސް އާއެކު އޭލެވަލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

 1. ދިވެހިރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކަށް އޮޕަރޭޓިންގް ޕާރމިޓް އާއި ޓްރެފިކް ރައިޓްސް ދިނުމާ ބެހޭ މަސައްކަތް
 2. ރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އޮޕަރޭޓަރުންނަށް ދޭންޖެހޭ އޮޕަރޭޓިންގް ޕާރމިޓާއި ފްލައިޓްކްލިއަރަންސް ދިނުން
 3. ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްއެދޭފަރާތްތަކުގެ އެއާލައިންތަކުގެ މާލީ ހާލަތު ދެނެގަތުމާއެކު، އެފަރާތަކީ މާލީގޮތުން ދެކޮޅުޖައްސައިގެން އެއާލައިންގެ ޚިދުމަތްދެވޭނެ ފަރާތެއްތޯ ކަށަވަރުކުރުން
 4. ރާއްޖޭގައިދެވޭ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގުތައް ދިރާސާކޮށް، ރެގިއުލޭޓް ކުރަންޖެހޭ ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުން
 5. ރާއްޖޭގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ވިއްކާ ފަރާތްތަކުގެ އޮފީސްތަކުގެ އޮޑިޓްކުރުން
 6. ރާއްޖޭގެ ބައިންލް އަގްވާމީ އެއާޕޯޓް ތަކުގައި ދެވޭ ޚިދުމަތްތަކަކީ އައިކާއޯ ގެ އެނެކްސް 9 "ފެސިލިޓޭޝަން" ގައި ބަޔާން ކޮށްފައިވާ މިންގަޑުތަކާ އެއްގޮތަށް ދެވޭ ޚިދުމަތްތަކެއްތޯ ބަލައި އޮޑިޓްކުރުން
 7. ނޭޝަނަލް ފެސިލިޓޭޝަން ޕްރޮގްރާމް ތަންފީޒް ކުރުން
 8. ރާއްޖޭގެ އެއާޕޯޓްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ އެއާލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކުގެ ދަތުރުފަތުރުގެ ތަފާސް ހިސާބުތައް ދިރާސާކޮށް ރިޕޯޓްކުރުން
 9. ރާއްޖެއާއި ބޭރު ޤައުމުތަކާއި ދެމެދު ކުރެވޭ ވައިގެދަތުރުފަތުރާއިބެހޭ އެގްރީމަންޓްތަކާއި ބައިވެރިވާ މުއާހަދާތަކާއި ބެހޭ  މަސައްކަތުގައި އެހީތެރިވުމާއި މަސައްކަތްކުރުން
 10. ރާއްޖޭގައި ގާއިމު ކުރެވިފައިވާ ބޭރުގެ އެއާލައިން ތަކުގެ ކަންތައްތައް ކޯޑިނޭޓް ކުރުން

 

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

އޭވިއޭޝަން ދާއިރާގައި މަޤާމުގެ މަސައްކަތާގުޅޭ ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

14 މާރިޗް 2021 ވާ އާދީއްތަ ދުވަހުގެ 1400 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.

ހުށަހަޅަންޖެހޭ ލިޔުން

 1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
 3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

 1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
 2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
       

 

 

01 މާރިޗު 2021
ހޯދާ