މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ފެރީއެއް ކުއްޔަށް ހިފުމަށް –3 ވަނަ ކޮންޓްރެކްޓް- 2ވަނަ އިޢުލާން

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ފެރީއެއް ކުއްޔަށް ހިފުމަށް –3 ވަނަ ކޮންޓްރެކްޓް-   2ވަނަ އިޢުލާން

 

ނަމްބަރު: (IUL)438-MCEP/438/2021/57                                      ތާރީޚް: 01  މާރިޗް 2021

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް މަޝްރޫޢުގެ ދަށުން ރ.ވަންދޫގައި މަސައްކަތް ކުރާ ކޮންޓްރެކްޓަރުން ރ. ވަންދޫ އާއި ރ. އިންނަމާދޫ ނުވަތަ ރ. ރަސްމާދޫއާ ދެމެދު ދަތުރުކުރުމަށްޓަކައި ތިރީގައި މިދަންނަވާ ފަދަ އުޅަނދެއް ކުއްޔަށް ހިފުމަށް ކުރި އިޢުލާނާއެކު ލިބިފައިވާ ބީލަންތައް ބާތިލްކޮށް މި މަސައްކައް ބީލަން ހުޅުވުމުގެ ފުރުސަތު، މި މަސައްކަތައް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

އަދަދު

އުޅަދުގެ ނަން

ބޭނުންވާ މުއްދަތު

01

01 ފެރީ ދޯނި – 30 މީހުންގެ ޖާގަ

24 ފެބްރުއަރީ 2021 އިން 23 ފެބްރުއަރީ 2022 އަށް

 

މި ފެރީ އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގަތަށެވެ.

 

ތަފްސީލް

ބޭނުންވާ މުއްދަތު

ރ. ރަސްމާދޫ / ރ. އިންނަމާދޫ / ރ. ވަންދޫ

ހެނދުނު (ދެ ފަރާތުން ވާހަކަ ދައްކައިގެން ގަޑި ކަނޑައެޅުމަށް)

ރ. ވަންދޫ / ރ. އިންނަމާދޫ / ރ. ރަސްމާދޫ

ހަވީރު (ދެ ފަރާތުން ވާހަކަ ދައްކައިގެން ގަޑި ކަނޑައެޅުމަށް)

 

ވީމާ، މަތީގައި ދަންނަވާފައިވާ ފެރީގެ ޙިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 މާރިޗް 9 ވާ އަންގާރަ ދުވަހު 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

 

އަގު ހުށަހެޅުން އޮންނާނީ 2021 މާރިޗް 9 ވާ އަންގާރަ ދުވަހު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

01 މާރިޗު 2021
ހޯދާ