ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-271230

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ކުޅުދުއްފުށި ކައުންސިލް އިދާރާ (އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް)

މުސާރަ:

7035 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% (ކޯ އެކަޑަމިކް ޑިސިޕްލިންއަކުން ތަޢުލީމް ހާސިލްކޮށްފައި ވާނަމަ) ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 900 ރުފިޔާ
ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ޑިރެކްޓަރ އަދި ކައުންސިލްގެ ލަފާގެ މަތިން ރާވައި ހިންގުން

-          އިކޮނޮމިކް ޑިވޮލޮޕްމަނމްޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ މަސައްކަތްތަކަށް ބޭނުންވާ އުޞޫލުތަކާއި އެސް.އޯ.ޕީތައް އެކުލަވާލުމާއި ތަންފީޒު ކުރުން އަދި މަސައްކަތް ކުރިއަށްދަނީ ޤާނޫނު، ޤަވައިދު، އުސޫލު އަދި އެސް.އޯ.ޕީ ތަކާ އެއްގޮތަށް ކަން ޔަގީން ކުރުން

-          ޤާނޫނާއި ޤަވައިދު އުސޫލު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްތަކާއި އެއްގޮތަށް ރައްޔިތުންގެ މާލިއްޔަތު މުއްސަނދި ކުރުމަށްޓަކައި ވިޔަފާރި އަދި އެހެނިހެން ބޭނުމަށް ބިންދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، މިގޮތަށް ދޫކުރެވޭ ބިންތަކުގެ އެގްރީމަންޓްތައް ބެލެހެއްޓުމާއި ބިންތަކާ ގުޅޭ އެންމެހޭ މަސައްކަތްތައް ކުރުން

-          ރަށުގެ އިޤްތިސާދު، ސިނާއަތްތައް، މަސައްކަތްތެރިކަމާ، ވިޔަފާރިއާ ގުޅޭ އެންމެހާ މަސައްކަތްތަކެއް ރާވައި ހިންގުން

-          ރަށުގެ އިޖްތިމާޢި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. މި ގޮތުން ރަށުގައި ދިރުއުޅޭ ވަލްނަރަބަލް ގްރޫޕްސް ތަކުގެ މަޢުލޫމާތު އެއްކޮށް އެފަރާތްތަކުގެ ދިރުއުޅުމެ ހާލަތު ރަނގަޅު ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި މިފަދަ ފަރާތްތަކުގެ ދަފްތަރުތައް އެކުލަވާލައި ހާލަތު މޮނިޓަރ ކުރެވޭނެ ނިޒާމްތައް ޤާއިމްކޮށް ތަންފީޒު ކުރުން

-          އިކޮނޮމިކް ޑިވޮލޮޕްމަންޓް އަދި ސޯޝަލް ސާރވިސަސް ޔުނިޓްގެ ހިންގުން ހަރުދަނާ ކުރުމަށް ޓެކްނިކަލް ލަފާ ފޯރުކޮށްދިނުމާއި، ކައުންސިލް އިދާރާއިން ދެވޭ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށާއި ހަލުވި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މަސައްކަތް ކުރިއަށްދާގޮތް އޮޑިޓްކޮށް ރަނގަޅު ކުރުން

-          ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ދެނެގަތުމަށް ހިޔާލު ހޯދުމާއި، ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

-          ތަރައްޤީގެ ޕްލޭން، ލޭންޑް ޔޫސް ޕްލޭން، ކައުންސިލްގެ ވޯރކް ޕްލޭން އަދި ކައުންސިލްއިން ފޯރުކޯށްދޭ އެންމެހާ ޚިދުމަތްތަކަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

-          އިންތިހާބުތަކާއި، ބޯހިމެނުމާއި ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި، މިފަދަ މަސައްކަތްތަކަށް ބޭނުންވާ ސިސްޓަމްތައް އެކުލަވާލުމާއި ތަންފީޒުކުރުން

-          އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި ބޭނުންވާ އެހީތެރިކަމާ އިރުޝާދު ފޯރުކޮށްދިނުން

-          މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ނެޝެނަލް ޑްރަގް އެޖެންސީ، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ފަދަ އިޖްތިމާއި ދުޅަހެޔޮކަމާއި ރައްކާތެރިކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކުގެ މެންޑޭޓް ރަށު ލެވެލްގައި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މިފަދަ މަސައްކަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން

-          ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން މަންފާ އިތުރު ކުރާނެ ގޮތްތަކާއި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ވާސިލްވާނެ ފަދަ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ރަށުގައި ތަފާތު އެކި ސިނާއަތްތަށް ކުރިއެރުވުމާއި ފެށުމަށް ކުރަންޖެހޭ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ކުރުން އަދި ސިނާއަތްތައް ކުރިއަރުވާނެ ގޮތާއި ވިޔަފާރި އަދި ކޮޕަރޭޓިވް ސޮސައިޓީ ފަދަ މަންފާ އިތުރުކުރެވޭ ކަންތައް ކުރުމަށް އާންމުން އަދި ރަށުގެ އެކި ގުރޫޕްތަކަށް އެހީތެރިކަން ފޯރުކޯށްދިނުން

-           އައުޓް ސޯސް ކުރެވިގެން ދެވޭ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

-          ތަރައްޤީއާ ގުޅޭ ރިޕޯޓްތަކާއި ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ރިޕޯޓްތަކެއް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔުނިޓަށް ހުށައެޅޭ ސިޓީ، މެސެޖް އަދި އީމެއިލްތަކަށް ޖަވާބުދިނުން

-          ރަށުގައި ހިންގާ އެންމެހާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބެލުމާއި މިފަދަ ޕްރޮޖެކްޓްތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ރިކޯޑް ބެލެހެއްޓުން

-          ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު، އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި އަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން

-          ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

 

 1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 1. 2.       މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ބިޒްނަސް މެނޭޖްމަންޓް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

އިކޮނޮމިކްސް (ކޯ އެކަޑަމިކް ޑިސިޕްލިން)

ޕްރޮޖެކްޓު މެނޭޖުމަންޓު

ސޯޝަލް ސައިންސް (ކޯ އެކަޑަމިކް ޑިސިޕްލިން)

އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖުމަންޓު

ސޯޝަލް ސައިންސް

އިކޮނޮމިކް ޑިވެލޮޕްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 35%)
 2. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15%)
 3. މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު (ކަނޑައެޅިފައިވާ އިންސައްތަ: 50%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 45% (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (08 މާރޗް 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށި ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 މާރޗް 2021 އާއި 10 އޭޕްރިލް 2021 އާ ދެމެދު، ކުޅުދުއްފުށި ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527104 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

01 މާރިޗު 2021
ހޯދާ