ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް

އިޢުލާން

"ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ގެ ޕްރީޓެސްޓް ކުރުން

 

 މިބިއުރޯގެ ފަރާތުން 2019/2020ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ"، ހަޔަސްގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ "ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ސަރވޭގެ ޕްރީޓެސްޓެއް މިއަހަރުގެ 2 މާރޗުގައި ކުރިޔަށް ގެންދެވޭނެ ވާހަކަ އާންމުކޮށް އިއުލާން ކުރަމެވެ. މިސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށެވެ.

މިގޮތުން މާލެއާއި އަތޮޅުތެރެއިން ހޮވާލެވޭ ގޭބިސީތަކަކަށް ޕްރީޓެސްޓް ކުރުމަށް 2 މާރިޗު ވަނަ ދުވަހުގެ ހެނދުނު 8:30 އިން 14:00 އާއި ދެމެދު މައުލޫމާތު ނެގުމަށްޓަކައި މިބިއުރޯއިން ގުޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ޕްރީޓެސްޓު ކުރުމަށް ހަމަޖެހިފައިވަނީ މިބިއުރޯގެ ފަރާތުން ކުރެވުނު 'ހަޔަސް 2019/2020' ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތަކަކަށެވެ. މިޕްރީޓެސްޓްގެ އަލީގައި ސުވާލުކަރުދާސް ފައިނަލް ކުރުމަށް ފަހު މިސަރވޭގެ މައުލޫމާތު ނެގުމުގެ މަސައްކަތް މިމަހުގެ 17 އިން ފެށިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން،  600 ގޭބިސީއަކަށް ފޯނުމެދުވެރިކޮށް ގުޅުމަށްވަނީ ހަމަޖެހިފައެވެ.

މިސަރވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ގަވާއިދު ނަންބަރ: 2013/R-4ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3008455/30084573008400/ އަށް ގުޅުއްވުން އެދެމެވެ. 

28 ފެބުރުއަރީ 2021

 

01 މާރިޗު 2021
ހޯދާ