މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ގޮއިދޫ އަދި ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.ވީމާ، މިމަސައްކަތްތަކަށް ބީލަން  ހުށަހެޅުމުގެ  ފުރުޞަތު  މިކަމަށް  ޝަރުޠުހަމަވާ  ހުރިހާ  ފަރާތްތަކަށް  ހުޅުވާލަމެވެ.  

ޕްރޮކިއުމަންޓް ނަންބަރު

މަސައްކަތުގެ ނަން

ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން)

TES/2021/W-059

ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ގޮއިދޫ ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް

90,000.00 ރ

TES/2021/W-060

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް

90,000.00 ރ

2. މި މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ، ހައުސިންގ އެނޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިންބޭރު ކުންފުނިތަކުން  "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަން ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ.  އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވޭނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

4. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް-/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 1މާރިޗު 2021 އިން24 މާރިޗު 2021 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

5. މިމަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން  2މާރިޗު 2021 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.   

6. މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. 

7. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 މާރިޗު  14 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން،  ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ  2021 މާރިޗު 25 ވާ  ބުރާސްފަތި ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ނެޝަނަލް ޓެންޑަރ، 

މިނިސްޓްރީ އޮފް ފިނޭންސް، 

އަމީނީމަގު، މާލެ، ދިވެހިރާއްޖެ، 

ފޯން: +960 3349102, +960 3349106, +960 3349115 

އީމެއިލް: [email protected]  

ކޮޕީ: [email protected]   

28 ފެބުރުވަރީ 2021
ހޯދާ