މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ މަޤާމަށް މީހަކު ހޯދުން

 އިޢުލާން

މި އިދާރާގެ ނަންބަރު:(IUL)305-CA305/305/2021/8  (14 ފެބްރުއަރީ 2021) އިޢުލާނުގައިވާ ފައިނޭންސް އޮފިސަރ މަޤާމަށް، މި މަޤާމުގެ އަސާސީ ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

 

މަޤާމު:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-231562

ބޭނުންވާ އަދަދު:

1(އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:

މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހައެއް) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 (ދެހާސް) ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު 700.00 (ހަތްސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް:

  1. 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  3. ކައުންސިލްގެ ޕޭމަންޓް ވައުޗަރތައް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުމަށް ޕާކްކުރުމާއި، ދިމާވާ މައްސަލަތައް ކައުންސިލާއި މިނިސްޓްރީ އޮފް ފިނޭންސް އާއި ކޯޑިނޭޓްކޮށް ހައްލުކުރުމުގެ މަސައްކަތް ކުރުމާއި އަދި ޕޭމަންޓް ވައުޗަރތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  4. މުސާރަ ޝީޓުތައް ތައްޔާރުކުރުމާއި މުސާރަ ފައިސާ ޖަމާކުރުމާއި، ދޫކުރުމާއި، ކައުންސިލް އަދި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ދުވަހު ޙާޟިރީ ރިޕޯޓަށްބަލައި މުސާރަ ހިސާބުކޮށް ގަޑިޖެހޭ މުވައްޒަފުންގެ ގަޑީލާރި ނެގުން. 
  5. މާލިއްޔަތު ގަވާއިދުގައިވާ މުއްދަތުގައި އިދާރާގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ހުށަހެޅުމާއި ދައުލަތުން ކައުންސިލަށް ކޮންމެ އަހަރަކު ގްރާންޓްގެ ގޮތުގައި ދޫކުރާ ފައިސާ އަށާއި ކައުންސިލްގެ އާމްދަނީއަށް ބަލައިގެން ކައުންސިލުން ފާސްކުރަންޖެހޭ ބަޖެޓް ތައްޔާރުކުރުން.
  6. ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ތައްޔާރު ކުރުންމާއި، އާމްދަނީ ރިޕޯޓް ތައްޔާރުކުރުމާއި، ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާއި އޮޑިޓަށް ބޭނުންވާ މައުލޫމާތު ތައްޔާރުކުރުން.
  7. ކައުންސިލް އިދާރާގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި އަދި ހިސާބުތައް ޤަވާއިދުން ޗެކްކުރުމާއި ދުވަހު ފައިސާގެ ހިސާބު ތައްޔާރުކޮށް ބެލެހެއްޓުން.
  8. ކައުންސިލްގެ ތިޖޫރީއާއި ތިޖޫރީގެ ހިސާބު އަދި ރިޕޯޓްތައް ހަދާ ބެލެހެއްޓުން
  9. މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާއިން ތައްޔާރު ކުރަންޖެހޭ ކައުންސިލްގެ މާލީ ބަޔާން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އަދި ލޯކަލް ގަވަރމަންޓް އޮތޯރޮޓީ އަށް ފޮނުވުން.
  10. ކައުންސިލަށް އާމްދަނީ ލިބެންޖެހޭ ތަންތަނުގެ ޞައްހަ ރަޖިސްޓްރީއެއް ހަދާ އަޕްޑޭޓްކޮށް ބެލެހެއްޓޭނެ ގޮތެއް ހެދުމާއި ކައުންސިލަށް ބަލައިގަންނަ ފައިސާ ގަވާއިދުން ބޭންކަށް ޖަމާވަމުންދޭތޯ ޔަޤީންކުރުން. 
  11. ވިޔަ މޮޑިއުލްގެ ފަންކްޝަންތަކަށް އަހުލުވެރިވެ، ވިޔައިން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން، ރިސީޓް، ވައުޗަރ ފަދަ ލިޔުންތައް ތައްޔާރުކޮށް ވިޔަ މޮޑިއުލް އަދާ ހަމަކުރުމާއި، ބަޖެޓު ތައްޔާރުކުރުމާއި ބަޖެޓް ކޮންޓްރޯލްތައް ހެދުން
  12. ފައިނޭންސް ޝެކްޝަށް ފޮނުވާ ސިޓީ އަދި މެސެޖްތަކަށް ޖަވާބު ތައްޔާރު ކުރުމާއި، ސެކްޝަނުން ފޮނުވަންޖެހޭ އެންމެހައި ފައިސާގެ ރިޕޯޓުތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުން
  13. ކައުންސިލުން ބަލަހައްޓަންޖެހޭ ސަރުކާރާއި ރައްޔިތުންގެ ފައިސާގެ ހިސާބު ބެލެހެއްޓުމާއި ރަށު އެކައުންޓުން ނަގާ އަދި ޚަރަދުކުރާ ފައިސާގެ ހިސާބުތައް އަދާހަމަކޮށް ބެލެހެއްޓުމާއި، ފޮތްތަކުގައި ލިޔެ ހަދަންޖެހޭ ރިޕޯޓްތައް ދުވަހުން ދުވަހަށް ހަދާ ބެލެހެއްޓުން.
  14. އެކިއެކި ކަންކަމާއި ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ދެއްވަން ހަމަޖައްސަވާފައިވާ ފައިސާތައް ހޯދުމާއި އަދި އެކަންކަމާއި ގުޅިގެން ރައްޔިތުންގެ އަތުން ހޯދަންޖެހޭ ފައިސާ ހޯދައި ކަމާބެހޭ ލިޔެކިޔުންތަށް ބެލެހެއްޓުން.
  15. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ސަރުކާރު، ރައްޔިތުންގެ ތަންތަނަށް ހޯދާ ޚިދުމަތަކަށް، މުދަލަކަށް، އިދާރާ މެދުވެރިވެގެން އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ ފައިސާއާއި ތަކެތި ޤަވާޢިދުން ޙަވާލު ކުރުން
  16. ފައިސާ ބަލައިގަތުމާއި ފަޤީރުންނާއި މިސްކީނުންގެ ލިސްޓް ހެދުމާއި ޒަކާތުގެ ގޮތުގައި ބަހަންޖެހޭ ފައިސާ ބެހުމާއި ހަދަންޖެހޭ ރިޕޯޓްތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  17. ޢުމުރުން 65 އަހަރު ފުރޭ މީހުންގެ ފައިސާ ހޯދައިދިނުމާއި ބެހޭ އެންމެހައި މަސައްކަތްކުރުން
  18. ފައިސާއާއިބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  19. ކައުންސިލަށް ގަންނަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި، ތަކެތި ގަތުމާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  20. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ފީ ނެގުން.
  21. އެކިއެކި ފަންޑްތަކާބެހޭ ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި ރިޕޯޓުތައް ތައްޔާރުކުރުން.
  22. ކައުންސިލާއި ކައުންސިލްގެ އިދާރާއިން ބަލަހައްޓާ ތަންތަނަށް ބޭނުންވާ ތަކެތި ޤަވާޢިދާ އެއްގޮތަށް ހޯދުން.
  23. މާލީ އަދި އިދާރީ އެހެނިހެން ކަންކަމުގައި ކައުންސިލަށް އެހީތެރިވުމާއި، ފައިސާ އާއި ގުޅޭ ލިއެކިއުން ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން
  24. އިދާރާގެ މަސައްކަތްތަކާއި ގުޅިގެން ބައިވެރިވާންޖެހޭ ކޮމިޓީ ތަކުގައި ބައިވެރިވެ ކޮމިޓީތަކުގެ މަސައްކަތް ކުރުން.
  25. އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އޮފީސް ޑިއުޓީ އަދާކުރުމަށް ޖެހިއްޖެ ހާލަތެއްގައި އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވާ ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކުކުރުން.
  26. ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
  27. ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރު ނުވެވޭގޮތް ދިމާވެއްޖެނަމަ ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރު ހަމަޖައްސަވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.
  28. ކައުންސިލް އިދާރާގެ މުވައްޒަފުން ނުކުމެ ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވެ ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރުން.
  29. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މަސައްކަތު ގަޑި ނިމުމުގެ ކުރިން ސްޕަރވައިޒަރަށް ރިޕޯޓުކޮށް އަޕްޑޭޓްތައް ދެމުން ގެންދިއުން.
  30. ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސްގެ ރޮގަނކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް

 

ޕްރިފަރޑް ޑިސިޕްލިން ތައް

ނެތް

 

ކޯ ޑިސިޕްލިން ތައް

އެކައުންޓިންގ،  ފައިނޭންސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ފައިނޭންސް، އެކައުންޓިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  www.csc.gov.mvއާއި މިއިދާރާގެ ވެބްސައިޓު www.mci.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާރު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒޫފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޯށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންނކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާރކްސް

އިންސައްތަ %

ކެޓަގަރީގެ ޖުމުލް އިންސައްތަ %

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

65

15

20

ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް

5

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޙާނު/ ޕްރެކްޓިކަލްސް

50

20

70

އިންޓަވިއު

100

50

ޖުމުލަ

240

100

100

ނޯޓް: މަޤާމަށް އައްޔަންކުރެ ވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %35 (ތިރީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މާރޗް 2021 ގެ 13:00 ގެ ކުރިން،  މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު(އިމްތިޙާނާއި ޕްރެކްޓިކަލް)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނާއި ޕްރެކްޓިކަލް އޮންނާނީ 05 މާރޗް 2021 އާއި 14 މާރޗް 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009830، 4009831، 4009833 އަށެވެ. އީ-މެއިލް ކުރާނީ [email protected]  [email protected],އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

13  ރަޖަބު  1442

25 ފެބުރުވަރީ 2021
ހޯދާ