މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެންވޭރު ކާނިވާ ސަރަޙައްދުގެ ބިންތާކާބެހޭ

އިޢުލާން

ހެންވޭރު ކާނިވާ ސަރަޙައްދުގެ ބިންތާކާބެހޭ

            ހެންވޭރު ކާނިވާ ސަރަޙައްދުގެ ބިންތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލްއާއި ޙަވާލުކުރައްވާފައިވަނީ ހަމައެކަނި އެބިންތައް ބެލެހެއްޓުމަށް ކަމުގައި ދަންނަވަމެވެ. އެގޮތުން ބިންތައް ޙަވާލުކުރެއްވުމުގައި އެތަނުގައި ހުރި ވިޔަފާރިތަކުގެ އެއްބަސްވުންތައް ބެލެހެއްޓުމުގައި މާލޭ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ މަސައްކަތްތަކަކީ އެ ސަރަޙައްދުގައި މިހާރު ހިނގަމުންދާ ކެފޭ ތަކާއި އެނޫންވެސް ތަންތަނަށް ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާނަމަ އެތަންތަން ހުސްކުރުމާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުނުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލްކުރުމެވެ.

    މިގޮތަށް ހަމަޖައްސަވައި މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވަނީ މާލޭ ރީ ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކާނިވާ ސަރަހައްދަށް އެކުލަވާލައިފައިވާ ޕްލޭން ތަންފީޒުކުރުމަށް ސިޓީ ކައުންސިލާއެކު މަސައްކަތް ކުރެއްވުމަށްކަމަށްވެސް، މި ސަރަހައްދު ބެލެހެއްޓުން ޙަވާލުކުރެއްވި ލިޔުމުގައި ކަމާބެހޭ މިނިސްޓްރީއިން ބަޔާންކުރައްވާފައިވާކަމުގައި ދަންނަވަމެވެ.

     ކާނިވާ ސަރަޙައްދުގެ ބިންތައް މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެއްވުމާ ގުޅިގެން، އެތަނުގެ އެއްބަސްވުންތައް ދިރާސާކޮށް އެއްބަސްވުންތަކާ ގުޅިގެން ހޯދަން ޖެހޭ އިތުރު ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްކޮށް މިހާރުވަނީ ނިމިފައެވެ. ކާނިވާ ސަރަޙައްދުގެ ބިންތަކާ ބެހޭގޮތުން ޢަމަލުކުރާ ގޮތެއްކަމުގައި ވާނީ ސަރުކާރުން ބިންތައް ޙަވާލުކުރެއްވިއިރު ހަމަޖައްސަވާފައިވާ އުސޫލުތަކުގެތެރޭގައި ހިމެނޭ ގޮތްތަކަށްކަމުގައި ދަންނަވަމެވެ. އަދި މިހާރު އޮތް އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރު ނުކުރެވޭނެކަމާއި އަދި މުއްދަތު ހަމަވާ އެއްބަސްވުންތައް ބާޠިލްކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

           މިތަންތަނުގެ ބިންތަކާބެހޭ މައުލޫމާތު މިކައުންސިލްގެ ވެބްސައިޓްގައި ހާމަކުރާނެ ވާހަކަދެންނެވީމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

25 ފެބުރުވަރީ 2021
ހޯދާ