މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ުދުވާފަރު ޕްރައިމަރީ ސްކޫލްގައި ބެލެނިވެރިންގެ ހިޔާއެއް އެޅުމާ ގުޅޭ

އިޢުލާން

 

 

ނަމްބަރ: (IUL)304-MS/304/2021/30

ތާރީޚް: 25 ފެބްރުވަރީ 2021

ދުވާފަރު ޕްރައިމަރީ ސްކޫލްގައި ބެލެނިވެރިންގެ ހިޔާއެއް އެޅުމާ ގުޅޭ

 

                

 ދުވާފަރު ޕްރައިމަރީ ސްކޫލްގައި ބެލެނިވެރިންގެ ހިޔާއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                 ވީމާ، ދުވާފަރުގެ ކައުންސިލްގެ އިދާރާއިން ކަނޑައަޅައި ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

04 މާރިޗު 2021

ބުރާސްފަތި

މެންދުރު 13:00

ބިޑް ހުށައެޅުން

09 މާރިޗު 2020

އަންގާރަ

މެންދުރު 13:00

 

                އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ނުގެންނެވި ނަމަވެސް، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކުންފުންޏަކުންނަމަ ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭ ގޮތަށް ލިޔުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އަގު : %70
  • މަސައްކަތުގެ ތަޖުރިބާ :
  • މުއްދަތު :
  • ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ %5 (މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ.)

 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މި މަސައްކަތާއި ގުޅޭ ދާއިރާއަކުން، މަސައްކަތްކޮށްފައިވާ ތަނަކުން އެތާނގެ ލެޓަރހެޑުގައި ލިޔެ އެތާނގެ ތައްގަނޑު ޖަހާ ވެރިއަކު ސޮއި ކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

25 ފެބުރުވަރީ 2021
ހޯދާ