މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެން.އެސް.ޑަބްލިއު ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕްލައި، އިންސްޓޯލް، ކޮންފިގަރ، ޑެވެލޮޕް އަދި މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު

 

އެން.އެސް.ޑަބްލިއު ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕްލައި،އިންސްޓޯލް،ކޮންފިގަރ،ޑެވެލޮޕް އަދި މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުން (ޕެކޭޖް ނަންބަރު 01 R)

 

1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއާ ސަބްރީޖަނަލް އެކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމް ގެ ދަށުން ތިރީގައި މިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ އޭ.ޑީ.ބީ މެންބަރު ގައުމުތަކުގެ ފަރާތްތަކަށެވެ.

2. މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓްގެ އެދިލެއްވުމުގެ މަތިން އެން.އެސް.ޑަބްލިއު ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕްލައި، އިންސްޓޯލް، ކޮންފިގަރ، ޑެވެލޮޕް އަދި މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

4. މި މަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން  : (+960) 3349113، (+960) 3349106، (+960) 3349147   

އީމެއިލް : [email protected]

ކޮޕީ  : [email protected]

5. ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2021 ފެބުރުވަރީ 25 އިން 2021 އެޕްރީލް 4އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 4ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން އެޕްލިކޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • އެޕްލިކޭޝަނާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

6. މި ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

7. ޕްރޮޖެކްޓްގެ ޕްރީ-އެޕްލިކޭޝަން ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް ކަމަށްވުމުން ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، އެފަރާތްރަކުން 2021 މާރިޗު 2 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގެ އައި.ޓީ.އޭ މާއްދާ 7.1 އާއި އެއްގޮތަށް މަތީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

8. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 2021 އެޕްރީލް 5ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އެޕްލިކޭޝަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ޕްރީކޮލިފިކޭޝަނަށް ދެވިފައިވާ ނަން އަދި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އެޕްލިކޭޝަން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް ދާ ހުރިހާ ޚަރަދެއްގެ ޒިންމާ ނަގާނީ ހުށަހަޅާ ފަރާތަކުންނެވެ.

10. މިމަސައްކަތަށް ޕްރީކޮލިފައިވާ ފަރާތްތައް އެޕްލިކޭޝަން ހުށަހަޅާ ހުރިހާ ފަރާތްތަކަށް ލިޔުމުން އަންގާނެއެވެ. 

25 ފެބުރުވަރީ 2021
ހޯދާ