ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

4 (ހަތަރެއް)

މަޤާމުގެ ގިންތި:

ވަގުތީ (10 މަސް)

މަޤާމުގެ ރޭންކް:

އެސް.އެސް. 1

މަޤާމުގެ ޝަރުތު:

ލިޔަންކިޔަން އެނގުން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު މަޑިފުށީ 02 މިސްކިތް / ތ. މަޑިފުށި

މަސައްކަތު އުޖޫރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/45ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެދުވަހަކު މިސްކިތުގެ ކުޑަދޮރުތަކާއި ބޮޑުދޮރުތައް އަދި ފެންލައިޓްތައް ފޮހެ ސާފުކުރުމާއި، މިސްކިތުގެ އެތެރެ ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕްއެޅުން، އަދި މިސްކިތުގެ ވަޅު ހަޑިވުމުން ވަޅުދިޔަ ހިއްކާ ސާފުކުރުން.
  2. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން، އަދި ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން. 
  3. މިސްކިތު ގޯތިތެރެއާއި މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. އަދި މިސްކިތުގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުންނެގޭ ކުނި އުކާލުން.
  4. މިސްކިތުގެ ގޯތިތެރޭގައި ގައުޖަހާފައިވާ ތަންތަނުން ކޮންމެދުވަހަކު ވެލި ކެހުމާއި، ގައުތަކުގައި ފެހި ޖެހިޔަނުދީ ގައުތައް ދޮވެ ސާފުކުރުން.
  5. މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފްތަކާއި ފޮތްތަކާއި ފޮތް ހަރުތައް ފޮހެސާފުކުރުމާއި، މިސްކިތުގައި ހިފާގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. ކޮންމެ ނަމާދެއްގެ 15މިނެޓު ކުރިން މިސްކިތުގެ ދޮރުތައްހުޅުވުމާއި، ބޮކިތައް ދިއްލުމާއި، ފަންކާތައްޖެހުން އަދި ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތްދިމާލުގައި ޖަހާފައިހުންނަ ފަންކާތަކާއި ދިއްލާފައިހުންނަ ލައިޓުތައް ނިއްވުމާއި، ދޮރުތައް ލެއްޕުން  އަދި ފަރުޟު 5 ނަމާދުގެ އިތުރަށް މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް މިސްކިތް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  7. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްސަ ކުރެވިފައިވާ ބައިގައި ގަސްއިންދާ ފެންދީބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތުގެ ގަސްތައް ރީތިކޮށް ކޮށުމާއި، ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  8. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރާގޮތުން ކުރަންޖެހޭ އެއްމެހާ ކަންތައް ސެކްރަޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  9. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  10. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރުހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމި ސެޓްފިކެޓްތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  2. ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރިޗު 2021 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން ތ. މަޑިފުށި ކައުންސިލްގެ އިދާރާއަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި، މުއްދަތު:

  1. މި މަޤަމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނަނީ 09 މާރިޗު 2021 އިން 11 މާރިޗު 2021 އާއި ދެމެދު ތ. މަޑިފުށި ކައުންސިލްގެ އިދާރާގައެވެ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ކުރުމަށް ގުޅާނީ (6780034) ފޯނު ނަންބަރަށެވެ.

25 ފެބުރުވަރީ 2021
ހޯދާ