ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިމުގެ ގޮތުގައި ދޫކުރެވިފައިވާ ބިންތަކާ ގުޅޭ މަގުފަޅި ސާފުކުރުން

          މިހާތަނަށް މިކައުންސިލުން ދޫކޮށްފައިވާ އެންމެހާ ދަނޑުތަކާއި ގުޅޭ މަގުފަޅިތައް ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ސާފުކުރުމަށް އަންގަމެވެ. އަދި މިމުއްދަތުގައި މަގުފަޅި ސާފުނުކުރާ ފަރާތްތަކުގެ ދަނޑުތަކާއި 03 މަހައްވުރެ ދިގުމުއްދަތަށް ދަނޑުވެރިކަމަށް ބޭނުންނުކުރާ ދަނޑުތައް މިކައުންސިލަށް ނެގުމަށްވަނީ ހަމަޖެހިފައެވެ.

          މިގޮތުން ނަގާ ދަނޑުތައް މިހާތަނަށް ދަނޑު ލިބިފައިނުވާ ފަރާތްތަކަށް ދޫކުރަމުން ގެންދެވޭނެއެވެ. އަދި މިގޮތުން ނެގޭ ދަނޑުތަކުގައިވާ އެއްވެސް މުދަލަކަށް ބަދަލު ހަމަޖައްސަވައި ދެވެން ނޯންނާނެކަމުގައި ދަންނަވަމެވެ. ހަމަ މިއާއެކު މިފަދައިން ދަނޑުތައް ނެގޭ ފަރާތްތަކަށް ދެން ދަނޑުދޫކުރުމަށް ހަމަޖެހިފައިވަނީ 03 އަހަރު ފަހުންކަމުގައިވެސް ދަންނަވަމެވެ.

     ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

25 ފެބުރުވަރީ 2021
ހޯދާ