މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓަންޓް - މުއްދަތު އިތުރުކުރުން

މަޤާމް :ލީގަލް ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :1

 

 

ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މި އޮތޯރިޓީގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ނަންބަރު (IUL)220-HMS/1/2021/14 (9 ފެބުރުވަރީ 2021) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ހަވާލާދެވުނު އިޢުލާނާ ގުޅިގެން އެދެވޭ ތަރުހީބެއް ލިބިފައި ނުވާތީ އެ އިއުލާނުގެ ސުންގަޑި އިތުރުކޮށްފައިވާ ވާހަކަ ދެންނެވީމެވެ. މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. 

ވީމާ، މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 10 މާރިޗު 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

12 ރަޖަބު 1442

 

24 ފެބުރުވަރީ 2021
ހޯދާ