މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުކިބާމަގު ހެދުމަށްޓަކައި އެމަގުގައި ހުރި ރުއްގަހާ ގުޅޭ

އިޢުލާން

          ދެކުނުކިބާމަގު ހެދުމަށްޓަކައި ( ޗަކަ ބިމުގެ ސަރަޙައްދުން ފެށިގެން ދިރާގު އެންޓަނާ ޖަހާ ބިމުގެ ދެކުނުކޮޅާއި ހިސާބަށް ) އެމަގުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ވެރިން މިއިދާރާއަށް ދުރުވެ އެކަން އެންގެވުމަށާއި އަދި ނަގައިގެން ގެންދެވޭ ވަރުގެ ރުއްގަސް 3 ދުވަހުގެތެރޭ ނެގުމަށް އަންގަމެވެ.

          މިމުއްދަތުގައި ނުނަގާ ހުރެގެން ދިމާވާ މައްސަލަ ތަކުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ކަމުގައި ދަންނަވަމެވެ.

          މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

23 ފެބުރުވަރީ 2021
ހޯދާ