މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ސޭފްޓީ ޝޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން – ރީޓެންޑަރ

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ސޭފްޓީ ޝޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު       (MWSC-L/3/ADV/2020/39) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު؛

  • އަގު: ހުށަހަޅާ އަގު ވާންވާނީ މިކުންފުނީގެ ހެޑް އޮފީސް ސައިޓަށް މިތަކެތެ ފޯރުކޮށްދެވޭނެ އަގަށެވެ. މީގެ އިތުރުން ކޮންމެ އައިޓަމެއްގެ އަގު ހުށަހަޅަން ވާނެއެވެ އަދި ކޮންމެ ކޯޓޭޝަނެއްގައި ވެސް ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަން ވާނެއެވެ.
  • ސާމްޕަލް: އަގު ހުށަހާޅާ ތަކެތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.
  • ފޯރުކޮއްދެވޭނެ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ.
  • ޓެކްނިކަލް މަޢުލޫމާތު: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަޢުލޫމާތު ހިމަނަންވާނެއެވެ.
  • ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނެ ފަރާތެއްގެ ނަން، މަގާމް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެއެވެ.
  • އިވެލުއޭޓް ކުރެވޭނެ ކްރައިޓީރިއާގެ ތަފްސީލް: ބައިވެރިވާ ފަރާއިތަކަށް ޕްރީބިޑް މީޓިންގް ގައި މި މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.

 

ނޯޓް:

  • ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު އެމް.ޑަބްލިއު.އެސް.ސީ އަށް ލިބިގެންވެއެވެ. އަދި ހަމަމިއާއެކު މި އިޢުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3209 332 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އަށެވެ.

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ފައިސާދެއްކުމަށް ބެންކު ޓްރާންސްފަރ ފޯރމް ފުރިހަމަ ކުރެއްވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވޭނެއެވެ. https://banktransfers.mwsc.com.mv ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 24 ފެބްރުއަރީ 2021 އިން 28 ފެބްރުއަރީ 2021 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 01 މާރިޗް 2021 ގެ ހެނދުނު 10:00 އިން މެންދުރު ފަހު 02:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                    

 ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 މާރިޗް 2021 ވާ ދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 03 މާރިޗް 2021 ވާ ދުވަހު 02:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/5،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 

24 ފެބުރުވަރީ 2021
ހޯދާ