މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވިލިމާލޭގައި ހުންނަ ވެޓްނަރީ ކްލިނިކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ޑެލިވެރީކޮށްދޭނެ ފަރާތެއް ހޯދުމަށް

`

   (IUL)30-C/30/2021/44 :ނަންބަރު

 

1 ވަނަ އިޢުލާން

އިޢުލާން

                  ވިލިމާލޭގައި ހުންނަ ވެޓްނަރީ ކްލިނިކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ޑެލިވެރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 މާރޗް 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

               މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339226 އަދި 3339282 ނަންބަރު ފޯނަށެވެ.

24 ފެބުރުވަރީ 2021
ހޯދާ