ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަހަރީ އާންމު ޖަލްސާ ފަސްކުރުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ،  27 ފެބްރުއަރީ 2021 ގައި ބޭއްވުމަށް އިއުލާން ކުރެވި ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަން ފެށުނުފަހުން، މާލޭގައި ކޮވިޑް 19 ގެ ހާލަތު ގޯސްވެ، ކަމާ ބެހޭ އިދާރާތަކުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅާފައިވާތީ، 27 ފެބްރުއަރީ 2021 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިބޯޑުގެ އަހަރީ އާންމު ޖަލްސާ ވަނީ 27 މާރިޗް 2021 ވާ ހޮނިހިރު ދުވަހަށް ފަސްކުރެވިފައެވެ. މިގޮތަށް މިކަން ނިންމަވާފައިވަނީ 23 ފެބްރުއަރީ 2021 ވީ އަންގާރަ ދުވަހު ވާރޗުއަލްކޮށް ބޭއްވުނު އެޤްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކޮށް މި ބޯޑުގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފާސްކޮށްގެންނެވެ.  ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކައި އޭޖީއެމް ބޭއްވޭނޭ ދުވަސް އާންމުކޮށް އިޢުލާން ކުރަމެވެ.

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

 

 

 

24 ފެބުރުވަރީ 2021
ހޯދާ