ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނަންބަރ:R/IUL/2021/03B

                                        ޢިއުލާން

މި ކުންފުނީގެ އއ. ބޮޑުފޮޅުދޫ އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ކުރެވުނު އިޢުލާން R/IUL/2021/03A ނަންބަރާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

- ޗެއިން ބްލޮކް (ހަލާކުވެފައި)

- ވޯޓަރ ޕަމްޕް ތަކެއް (ހަލާކުވެފައި)

- ކަޓް އޮފް މެޝިން (ހަލާކުވެފައި)

- އަލްމިނިއަމް ހަރުގަނޑު (ހަލާކުވެފައި)

- ކާޗާ މެޝިން (ހަލާކުވެފައި)

- ޓިނު ކަފާ ކަތުރު (ހަލާކުވެފައި)

- ބެޓަރީ ބުރުމާ (ހަލާކުވެފައި)

- އިންޖެކްޓަރ ޓެސްޓަރ (ހަލާކުވެފައި)

- ގިރިސް ގަން (ހަލާކުވެފައި)

މި ނީލަން ފެށޭ އަގަކީ 2,500.00ރ (ދެހާސް ފައްސަތޭކަ) ރުފިޔާ އެވެ.

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 28 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 03 މާރިޗް 2021 ވާ ބުދަ ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 28 ފެބްރުއަރީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި އަލުން ނީލަން ކިޔޭ އިރުގައި ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ.

                                       12 ރަޖަބު 1442

24 ފެބުރުވަރީ 2021
ހޯދާ