މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އަށް އދ. ކުނބުރުދޫ އިން ޕްރޮޖެކްޓް އޮފީހެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން - ރީޓެންޑަރ

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އދ. ކުނބުރުދޫގައި މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އަށް އދ. ކުނބުރުދޫ އިން ކުއްޔަށް ދޫކުރާނެ ތަނެއް ހޯދަން ކުރެވުނު ނަމްބަރު (MWSC-L/3/ADV/2021/123) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 

ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް

  1. 03 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.
  2. މަދުވެގެން 03 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން.
  3. މަދުވެގެން 03 ފާޚާނާ ހުރުން.
  4. އެޕާޓްމެންޓްގެ އެއް ކޮޓަރި ނުވަތަ ސިޓިންގް ރޫމް މި ކުންފުނިން ބޭނުންކުރާނީ ސައިޓް އޮފީސް ހެދުމަށް.
  5. މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދައި ސެކިއުރިޓީ ރަނގަޅުތަނަކަށް ވުން.
  6. އުނދުން އަދި ހިފާ ގެންގުޅޭ ސާމާނާއި، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ހުރުން.
  7. އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.

 

ތަން

ގަޑި

ތާރީހް

ތަފްސީލް

އދ. ކުނބުރުދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

10:00

28 ފެބްރުއަރީ 2021

މައުލޫމާތު ސާފުކުރުން

އދ. ކުނބުރުދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

10:15

01 މާރިޗް 2021

އަގު ހުށައެޅުން

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

24 ފެބުރުވަރީ 2021
ހޯދާ