ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ ތ.ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                                                                      ނަންބަރު: IUL)196-C/1/2021/12) 

                                      އިޢުލާން

 

މި އޮފީހުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް، މިއޮފީހުގެ ތ.ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރުވުނު ނަންބަރު IUL)196-C/1/2021/03) (17 ޖަނަވަރީ 2021) އިޢުލާނުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެ ޢިއުލާން ބާޠިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.

  • ބީލަމުގައި ރެޖިސްޓަރީވުމާއި މަޢުލޫމާތު ދިނުން: 03 މާރިޗު 2021، 14:00 އަށް
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 10 މާރިޗު 2021، 14:00 އަށް

 

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއޮފީހުގެ ތ. ގޮތްޕަށް (އޮފީހުގެ ތ. ގޮފި ހިނގަމުންދަނީ ތ. އަތޮޅު ކައުންސިލްގެ އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ.) ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

                                   12 ރަޖަބު 1442

24 ފެބުރުވަރީ 2021
ހޯދާ