މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް ޖާގައެއްގެ ގޮތުގައި ބޭނުންކުރުމަށް 2,500 އަކަފޫޓުގެ ތަނެއް ކުއްޔަށް ހިފުން

އިއުލާން

އޮފީސް ޖާގައެއްގެ ގޮތުގައި ބޭނުންކުރުމަށް 2,500 އަކަފޫޓުގެ ތަނެއް ކުއްޔަށް ހިފުން

 

            މި މިނިސްޓްރީން ބޭނުންކުރުމަށް  2,500އަކަފޫޓަށް ވުރެ ކުޑަނޫން، އޮފީސް ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. އެހެންކަމުން މި ފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމުގެ ޝައުގުހުރި ފަރާތްތަކަށް، މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ހުރި ގޮތަށް، މައުލޫމާތު ހުށަހެޅުއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

            މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2021 މާރިޗު 02 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 މާރިޗު 04 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސާފުނުކުރެއްވިޔަސް އަދި ޝައުގުވެރިކަން ފާޅު ނުކުރެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

23 ފެބުރުވަރީ 2021
ހޯދާ