ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

     ވަޒީފާގެ ފުރުޞަތު

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ :  

-/10،000ރ އާއި -/15،000ރ ދެމެދު( އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން )

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ގެ ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުން ނުވަތަ؛
  • މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ހެދޭ ފިޒިކަލް ފިޓްނަސް ޓެސްޓުން ފާސްވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ ސެކިއުރިޓީ ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2021 މާރޗް 02 ވަނަ ދުވަހުގެ 15.00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2021 މާރޗް 02 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަށް ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސަސް ގެ ޚިދުމަތުގައި އުޅެފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެއެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ފިޒިކަލް ފިޓްނަސް ޓެސްޓް ހެދުމަށްފަހު ވަޒީފާ ހަމަޖެއްސުމުގައި އިންޓަވިއު، މަސައްކަތުގެ ތަޖުރިބާ އަދި ފިޒިކަލް ޓެސްޓުގެ ނަތީޖާއަށް ބެލިގެންދާނެއެވެ.

 

              10 ރަޖަބު 1442

             22 ފެބްރުވަރީ 2021

 

22 ފެބުރުވަރީ 2021
ހޯދާ