ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތިއާއި ބަނދަރު ބައްތި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

 

(IUL)245/245/2021/11 : ނަންބަރު 

 

އިޢުލާން

 

މަގުމަތީ ބައްތިއާއި ބަނދަރު ބައްތި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިރަށުގައިވާ މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ އެކިއެކި މައްސަލަ ހައްލުކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މި މަސައްކަތުގެ މުއްދަތަކީ މީލާދީ 01 އަހަރު ދުވަހެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލްގެ ކޮންފަރެންސް ހޯލަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

24 ފެބްރުއަރީ 2021 ، 11:00

28 ފެބްރުއަރީ 2021 ، 11:00

 

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން އަންގަންވާނެއެވެ. މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

09 ރަޖަބު 1442

21 ފެބްރުއަރީ 2021

21 ފެބުރުވަރީ 2021
ހޯދާ