މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފުޓްސަލްދަނޑުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން 

ފުޓްސަލްދަނޑު މަރާމާތުކުރުމުގެ މަސައްކަތް ޙަވާލުކުރި ކޮންޓްރެކްޓަރ ހުށަހެޅި މުއްދަތުގައި އެމަސައްކަތް ނިންމާފައިނުވާތީ އެފަރާތާއިއެކު މިކައުންސިލުން ވެފައިވާ އެއްބަސްވުން 2021 ފެބުރުވަރީ 17 ވަނަ ދުވަހުވަނީ ބާޠިލުކޮށްފައެވެ.

ވީމާ، މިހާރު ފުޓްސަލްދަނޑުގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2021 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ބިޑް ހުށަހަޅުއްވާ ގަޑީގައެވެ.

ފުޓްސަލްދަނޑުގެ މަރާމާތު މަސައްކަތްތަކުގެތެރޭން، މިހާރު ނުމިނިހުރި މަސައްކަތްތައް ތިރީގައިއެވަނީއެވެ.

 ފެންސް ނެޓްޖެހުން

  1. ފެންސްގައި ދާޖެހުން (ދާ ޖަހަންވާނީ 6 އެމްއެމް ނަރުން ގަތާފައިވާ، ފެހިކުލައިގެ ފެންސް ދަލެވެ. ފެންސް ދާ ގަތުމުގެ ކުރިން ކައުންސިލަށް ކޯޓޭޝަނާއި ދަލުގެ ސާމްޕަލް ހުށަހަޅައި އެޕްރޫވް ކުރަންވާނެއެވެ.) ( ދަނޑުގެ ދިގުމިން: 108 ފޫޓް ، ފުޅާމިން:76 ފޫޓް، އަދި ފެންސްގެ އުސްމިނަކީ 11 ފޫޓެވެ. )
  2. ހޮޅިތަކުގައި ދައު ބަންނަންވާނީ އެކަމަށް ޚާއްސަ ނަރުންނެވެ. (ދަލުގެ އަރިމަތިތައް ހުންނަންވާނީ ކޮންމެ ގޮޅިއެއްވެސް ހަރުލާނެހެން އައްސާފައެވެ. އަދި ދަނޑުގެ އިރުމައްޗާއި ހުޅަނގުފަރާތުގެ ހުރިހާ ހޮޅިއެއްގައިވެސް ދާގަނޑު ހުންނަންވާނީ ހަރުކޮއްފައެވެ.)

 ލައިޓް ބަދަލުކުރުން

  1. މަރާމާތުކޮށްފައިވާ ލައިޓްޕޯސްޓްތައް ކޮޅަށްޖަހައި ކޮންމެ ޕޯސްޓެއްގައި 3 ލައިޓް ހަރުކުރުން.
  2. މިހާރު ހުރި ލައިޓް ޕޯސްޓުތައް '35 ފޫޓަށް ކުރު ކުރުން.
  3. ދަނޑުގެ އިންފާރުން އެތެރޭގައި އިންފާރާއި އިންވެގެން ހުޅަނގު އަދި އިރުމަތިން މެދުގައި 2 ބައްތި ދަނޑި ޖެހުން އަދި ހުރި'35 ފޫޓް އުސްމިނުގައި ކޮންމެ ދަނޑިއެއްގައި 3 ލައިޓް ހަރުކުރުން.
  4. ފުޓްސަލް ދަނޑުގައި ހަރުކުރަންވާނީ 400 ވޯޓުގެ ލެޑް ލައިޓް.
  5. ދަނޑުގެ ދެފަރާތުން އިތުރު ކުރެވޭ ދެ ލައިޓް ޕޯސްޓަށް 44 ގެ ތްރީކޯ ކަރަންޓު ކޭބަލް އަޅައި ދިއްލުން.
  6. ޑިސްޓްރިބިއުޝަން ފޮށި އަދި ފޮށީގައި މިހާރުހުރި އެމްސީބީ އާއި އީއެލްސީބީ ނަގައި 30 އެމްޕަޔަރުގެ އެމްސީބީ އާއި އީއެލްސީބީ އެޅުވުމާއި މިހާރު ހުރި ސާކިޓް ބްރޭކަރުތައް ނަގައި 25 އެމްޕަޔަރުގެ ސާކިޓް ބްރޭކަރ ކޮންމެ ލައިޓަކަށް ވަކިން އެޅުވުން. (ހެގަރ ބްރޭންޑްގެ އެމްސީބީ، އީއެލްސީބީ އަދި ސާކިޓް).
  7. މިހާރު އިން މީޓާރު ބަދަލުކޮށް ޑިޖިޓަލް މީޓަރެއް ހަރުކުރުން.

 ބެންޗްތަކާއި ގޯލްތައް މަރާމާތުކުރުމާއި ތަޅުހަރުކުރުން

  1. ބެންޗުތަކުގައި ލައިސާޓް ހުދު އޮމާންޓިނު ބޭނުންކޮށްގެން ރިވެޓް ޖަހާ ބެންޗުގެ ފުރަގަސް އެއްކޮށް ހިޔާކުރުން.
  2. ފުޓްސަލް ދަނޑުގެ ގޭޓްގައި ދަބަރު ނުޖަހާ ތަޅެއް ހަރުކޮށް ތަޅުލެވޭގޮތް ހެދުން.
  3. ދެގޯލުގައި ގޯލް ދާގަނޑު ހަރުކުރުން

 ޓާފް އެޅުން

  1. ކޮންކްރިޓް ސްލެބްގެ ވަށައިގެން ވެލިއަޅާފައިވާ ސަރަޙައްދުގެ ވެލިގަނޑު ކޮންކްރިޓް ސްލެބާއި ލެވެލްކޮށް ބިންގަނޑު ހަރުކުރުން.
  2. 108'×76' ފޫޓް ބޮޑުމިނުގައި ޓާރފް އަޅައި، ހިލަވެލި އަޅައި، ރަބަރު ކުޑި އަޅައި، ދަނޑު ކުރެހުން.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބިޑު ހުށަހަޅާނީ މިއިދާރާއިން ދޭ ފޯމެޓާއި އެއްގޮތަށެވެ.

- ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ.

- އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

 

"ރ. މަޑުއްވަރީ ފުޓްސަލްދަނޑު މަރާމާތުކުރުމުގެ ޕްރޮޖެކްޓް"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                                   ރ. މަޑުއްވަރި، ދިވެހިރާއްޖެ

  • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: 

- ބިޑު ހުށައަޅާ ފަރާތުގެ އައިޑީކާޑުގެ ފޮޓޯކޮޕީ (ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުމެއް)

- ކުންފުނި އިންވެސްޓްމެންޓް ، ކްލަބް ޖަމްޢިއްޔާ ނަމަ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީއާއި ކޮމްޕެނީ ޕްރޮފައިލް (ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުމެއް)

- ރަސްމީ އިދާރާއަކުން، ނުވަތަ އަމިއްލަ ފަރާތެއްގެ މިބާވަތުގެ މަސައްކަތެއްކޮށް ނިމި ބަލައިގެންފައިވާ ލިޔުމެއް ލިބިފައިވާނަމަ އެފަދަ ލިޔުން/ލިޔުންތަކުގެ ކޮޕީ

ނޯޓް: ކޮންމެހެން ހުށަހެޅުމަށް ބުނެފައިވާ މަޢުލޫމާތު ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ޑިސްކޮލިފައި ކުރެވޭނެއެވެ.

 

  • މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

        އަގު

85%

އަގަށް މާކްސް ދިނުމުގައި ބެންޗްމާރކަށް ބަލާނީ ހުށަހަޅާ އެއްމެ ކުޑަ އަގެކެވެ.

       ތަޖުރިބާ

5%

ތަޖުރިބާއަށް މާކްސްދެވޭނީ އެކަމާގުޅޭ ލިޔެކިޔުން ހުށައެޅުމުންނެވެ.

މުއްދަތު

10%

މުއްދަތަށް މާކްސް ދިނުމުގައި ބެންޗްމާރކަށް ބަލާނީ ހުށަހަޅާ އެއްމެ ކުރުމުއްދަތެވެ.

  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

ނޯޓް: ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] މެއިލްކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ފެބުރުވަރީ 2021
ހޯދާ