އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ޢިއުލާން

  ޢިއުލާން

                މިކުންފުނީގައި ގިނަދުވަހު ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 25 ފެބުރުވަރީ 2021

                ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި ނީލަންކިޔާ ތަކެތި ދައްކާލުން އޮންނާނެއެވެ. އަދި ނީލަންކިއުން އޮންނާނީ އެދުވަހުގެ 14:30 ގައިކަމަށްވާތީ،

                ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެދުވަހުގެ 14:00 އަށް އައިލެންޑް އޭވިއޭޝަންގެ މައި އޮފީހަށް ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

               ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންނަ ފަރާތްތަކަށް ތަކެތި ބެލުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

               އަދި، 14:30 ގައި އޮންނަ ނީލަމުގައި ބައިވެރިވެވޭނީ 14:00 ގައި ނީލަމުގައި ދައްކާތަކެތި ބަލާލުމަށް ދުރުވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

                މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ 08:00 - 14:00 އާ ދެމެދު 3335566 އާ ގުޅުއްވުން އެދެމެވެ.

 

              6 رَجَب 1442

              18 ފެބުރުވަރީ 2021

18 ފެބުރުވަރީ 2021
ހޯދާ