ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލުން

މި އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނިންމަވާފައިވާތީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު، 21 ފެބުރުވަރީ 2021 އިން 21 މާރިޗް 2020 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލަމެވެ.

މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތްކަމުގައިވާތީ ފާއިތުވީ އަހަރުތަކުގައި ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުންވެސް ރަޖިސްޓްރީވުމަށް ބޭނުންވެލައްވާނަމަ މިފުރުސަތުގައި އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު 16 ފެބުރުވަރީ 2021 އިން ފެށިގެން މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް 21 ފެބުރުވަރީ 2021 އިން 21 މާރިޗް 2021 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

04   ރަޖަބު     1442

16  ފެބުރުވަރީ   2021

16 ފެބުރުވަރީ 2021
ހޯދާ