ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
250 ހައުސިންގ ޔުނިޓުގެ ތެރެއިން މަހު ކުލި ދައްކަންޖެހޭ 245 ހައުސިންގ ޔުނިޓްގެ މަހު ކުލި ދެއްކުމަށް އެންގުން.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން، މަހު ކުލި ދައްކަންޖެހޭ 245 ހައުސިންގ ޔުނިޓަށް 01 މާރިޗް 2021 އިން ފެށިގެން، އެއްބަސްވުމުގައިވާ ގޮތުގެމަތީން އެޗް.ޑީ.އެފް.ސީ އަށް މަހު ކުލި ދައްކަމުން ގެންދިއުމަށް މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެފައިވާތީ، ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކުން ހައުސިންގ ޔުނިޓަށް ދައްކަންޖެހޭ މަހު ކުލި ދައްކަމުން ގެންދިއުމަށް އެންގީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

17 ފެބުރުވަރީ 2021
ހޯދާ