ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގެ މިސްކިތްތައް މަރާމާތުކުރުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. ދިއްދޫގެ މިސްކިތްތަކުގައި ކުލަޔާއި ދަވާދުލާ އަދި ކުދި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

17 ފެބުރުވަރީ 2021 އިން 28 ފެބުރުވަރީ 2021 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

01 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 11:30 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

މި ޕްރޮޖެކްޓާގުޅޭ ބީލަން ރަޖިސްޓަރީކުރާ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯނާ އެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

17 ފެބުރުވަރީ 2021
ހޯދާ