މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ރިޒޯޓެއް ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިޒޯޓް ފެސިލިޓީއެއް ކަނޑައެޅުމަށް މިމިނިސްޓްރީން ކުރެވުނު އިޢުލާން ނަންބަރު i(IUL)88-PS/88/2021/11 (08 ފެބުރުވަރީ 2021) އާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުގައި އެއްކަރުދާސްކުރުމަށް ބަޔާންކުރެވިފައިވާ ލިޔުން އެއްކަރުދާސް ކުރެވިފައި ނުވާތީ، އެ ލިޔުން މި އިޢުލާނާއި އެއްކަރުދާސްކޮށް އެންގީމެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 21 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު 2207 302 (960+) އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

17 ފެބުރުވަރީ 2021
ހޯދާ