މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އަށް ބ.ކަމަދޫ އިން ޕްރޮޖެކްޓް އޮފީހެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން - ރީޓެންޑަރ

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ބ.ކަމަދޫގައި މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އަށް ބ.ކަމަދޫއިން ކުއްޔަށް ދޫކުރާނެ ތަނެއް ހޯދަން ކުރެވުނު ނަމްބަރު (MWSC-L/3/ADV/2021/90) އިޢުލާނަށް ހުށަހެޅިފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވާތީ ލިބިފައިވާ ބީލަންތައް ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 

ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް

  1. 03 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.
  2. މަދުވެގެން 03 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން.
  3. މަދުވެގެން 03 ފާޚާނާ ހުރުން.
  4. އެޕާޓްމެންޓްގެ އެއް ކޮޓަރި ނުވަތަ ސިޓިންގް ރޫމް މި ކުންފުނިން ބޭނުންކުރާނީ ސައިޓް އޮފީސް ހެދުމަށް.
  5. މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދައި ސެކިއުރިޓީ ރަނގަޅުތަނަކަށް ވުން.
  6. އުނދުން އަދި ހިފާ ގެންގުޅޭ ސާމާނާއި، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ހުރުން.
  7. އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.

 

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

 21 ފެބްރުއަރީ 2021

10:00

ބ. ކަމަދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

އަގު ހުށައެޅުން

 22 ފެބްރުއަރީ 2021

10:45

ބ. ކަމަދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

17 ފެބުރުވަރީ 2021
ހޯދާ