ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހަށް 35 ޑެސްކްޓޮޕް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 (IUL)196-C/1/2021/11 :ނަންބަރު                                                                   

                                      އިޢުލާން

 

މިއޮފީހަށް 35 ޑެސްކްޓޮޕް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް 2021 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމަށް ފަހު، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހެޅި ފަރާތުގެ ނަން:

މާޤާމް:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލް ކުރެއްވުމަށްފަހު ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާކަން ކަށަވަރުކުރުމަށް، މެއިލް މިއޮފީހަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ އަމިއްލަ ޒިންމާއެކެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން: 2021 މާރިޗު 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއޮފީހުގައެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. 

                               05 ރަޖަބު 1442

17 ފެބުރުވަރީ 2021
ހޯދާ