ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުޕަވައިޒަރ

އިޢުލާން

  

                ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ   މަޤާމަށް މީހުންބޭނުންވެއެވެ.  

 މަޤާމް:

 ސުޕަވައިޒަރ

 ބޭނުންވާ ޢަދަދު:   01 (18 އަހަރު ފުރި   65 އަހަރު ނުފުރޭ މީހުން

 މަޤާމުގެ ބާވަތް:

 ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ  މުއްދަތަށް،   ހަމަޖައްސައިދެވޭ ވަޒީފާއެކެވެ.

 މުސާރައާއި އެލަވަންސް  

 މުސާރަ (މަހަކު)  -/6295 ރުފިޔާ

 ޙާޟިރީ އެލަވަންސް

 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް   -/125 ރުފިޔާ 

 އިތުރު އެލަވަންސްތައް:

 އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢާއްމުކޮށްމަސައްކަތްކުރަންޖެހޭ   ދުވަހާއި ގަޑިތައް:

 ހަފްތާ އަކު 6 ދުވަސް ، ހެނދުނު 07.00 ން 12.00 އަށް – މެންދުރުފަހު   13.00 ން 17.30 އަށް

 ފެންވަރު ނުވަތަ ޝަރުޠު

 

 1. ޖީސީ އޯލެވެލް ނިންމާފައިވުން.
 2. އިނގެރޭސި ބަހުން ވާހަކަ ދައްކަން އެނގުން.
 3. ކޮމްޕިއުޓަރ އިން ކުރަންޖެހޭ މަސައްކަތްތަކުރަން އެނގުން.

 މަޤާމުގެ   މަސްއޫލިއްޔަތުތައް:

 1. ކުޑަހުވަދޫ ކައުންސިލުގެ އިދާރާއިން ހިންގުމަށް ހަމަޖެހިފައިވާ ގޭބިސީތަކުން ކުނިނަގައިދިނުމުގެ ޚިދުމަތް ސުޕަރަވައިޒްކުރުން.
 2. ކައުންސިލުން ކަނޑައަޅާ ތަންތަނުގެ ކުނި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
 3. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތައް މަސައްކަތްތެރިން ބޭނުންކޮށްގެން ބައިބަޔަށް ތަރުތީބުކުރުވުމާއި އަނބުރާ ބޭނުންކުރެވޭ ބާވަތްތަކުގެ ކުނި މެޝިނުގެ އެހީގައި ބަންދުކުރުން.
 4. ސައިޓަށް ޖަމާވާ ކުނީ ބޭނުންކޮށްގެން ކޮމްޕޯސްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
 5. ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ މެޑިކަލްވޭސްޓް ފަދަ ތަކެތި ނައްތާލުމުގެ މަސައްކަތް މަސައްކަތު މީހުން ބޭނުންކޮށްގެން ކުރުވުން.
 6. ސައިޓުގައި ހުންނަ މެޝިންތަކާއި ވެހިކަލްތައް ދޮވެ، ތެޔޮ ޖަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސއްކަތް މަސައްކަތްތެރިން ލައްވާ ކުރުވުން.
 7. ކުނިއަންދާ ބެޑްތައް ދުވަހުން ދުވަހަށް ސާފުކޮށް، ބެޑްތައް މަރާމާތުކުރުން.
 8. ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންކަން ބެލެހެއްޓުން
 9. އެޑްމިނިސްޓްރޭޓިވް އޮފިސަރ ސަލާމާއި ޗުއްޓީ ނަންގަވާ ޙާލަތް ތަކުގައި އެމަސައްކަތްތައް ކުރުން.

 10. ކުންޏާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަންޖެހޭ އެންމެހާ   ކަންކަންކުރުން.

 11. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

 އިންޓަރވިއު އޮންނާނެ   ތަނާއި ،މުއްދަތު:

 އިންޓަވިއު އޮންނާނީ  2021 ފެބްރުއަރީ 25 ން ފެށިގެން ރަސްމީ 3 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން   އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި   ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާގެ ފުރުސަތު   ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 2021 ފެބްރުއަރީ 24 ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން   ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ ފޯމުންނެވެ.   ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

 ހުށަހަޅަންގެހޭ ލިޔުންތައް:

 1-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ކައުންސިލް އިދާރާއިން ލިބޭނެއެވެ)

 2-     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ   އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ   ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ   އޮފީހުގެ  ލިޔުމެއް.

  3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް   ބޭނުންވާ  ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ   އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ

 ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ   ނުވަތަ  އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ   ރަސްމީލިޔުމެއް.  ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ،   މުވައްޒަފުންގެ  މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު   އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

 

 ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން   ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރުކޮށްދެވޭނެއެވެ.

 

 މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ   6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ    [email protected]  އަށެވެ.

 

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

17 ފެބުރުވަރީ 2021
ހޯދާ