ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމާއި ގުޅޭ

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ

އުލިގަން، ދިވެހިރާއްޖެ

 

 

 

                                                        ނަންބަރ: 245/245/2021/9(IUL)

އިޢުލާން

 

1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމާއި ގުޅޭ

       1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދަނީ ކުރައްވަމުންނެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު 21 ފެބްރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހު 13:00ގެ ނިޔަލަށް އެ މިނިސްޓްރީ އިން ވަނީ ހުޅުވާލާފައެވެ.

 ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00އަށް މިއިދާރާއިން ލިބެންހުންނާއެވެ. މި ފޯމް ބަލައިގަންނަން ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހު 13:00ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:00އާއި ހަމައަށެވެ.

       ވީމާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކުން މިދެންނެވި މުއްދަތުގެ ތެރޭގައި މިއިދާރާއަށް ފޯމް ހަށަހެޅުއްވުން އެދެމެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

       04 ރަޖަބު 1442

       16 ފެބްރުވަރީ 2021

16 ފެބުރުވަރީ 2021
ހޯދާ