ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ސްޓޭޓް ހައުސްގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ހދ. އަތޮޅު ސްޓޭޓްހައުސްގެ ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 16 ފެބުރުވަރީ 2021 ން ފެށިގެން 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އޮންލައިންކޮށް ރަޖިސްޓްރީވުމަށްhttps://www.haadhaal.gov.mv/bid-register  ބޭނުން ކުރެއްވުން އެދެމެވެ.

3- މި އިޢުލާނާއި ބެހޭގޮތުން  ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 23 ފެބުރުވަރީ 2021 ވާ އަންގާރަ  ދުވަހުގެ 11:00 ގައި ހދ. އަތޮޅު ސްޓޭޓް ހައުސްގައެވެ.

4- ބީލަމާ ބެހޭ އެންމެހާއި ލިޔެކިއުންތައް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމުން، އީމެއިލްގެ ޒަރިއްޔާއިން ލިބިލައްވާނެއެވެ.

5- ބީލަންތައް ހުޅުވުން އޮންނާނީ 07 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

   އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

   ފޯން: 6521643

   އީމެއިލް: [email protected]

16 ފެބުރުވަރީ 2021
ހޯދާ