މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދެސީންގެ "ވަރކް ޕަރމިޓް އިންޝޫރެންސް" ގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދެސީންގެ "ވަރކް ޕަރމިޓް އިންޝޫރެންސް"ގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅޭ

       ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ ވާރކް ޕާރމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ "ވަރކް ޕަރމިޓް އިންޝޫރެންސް" ދިނުމުގެ ޚިދުމަތް، މި މިނސްޓްރީން އެކުލަވާލާފައިވާ ޕެކޭޖާ އެއްގޮތައް ފޯރުކޮށްދޭން ބޭނުންވާފަރާތްތަކުން  16 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

     ރަޖިސްޓްރީ ވުމަށް އެދޭ "ވަރކް ޕަރމިޓް އިންޝޫރެންސް ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓްރީވުމަށް އެދި ހުށަލަޅާ ފޯމް" އަދި އިންޝޫރަންސް ޕެކޭޖް ގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް employment.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް، "ވަރކް ޕަރމިޓް އިންޝޫރެންސް ޕްރޮވައިޑަރ ރެޖިސްޓްރޭޝަން އެޕްލިކޭޝަން" ހުށަހަޅައިގެން، މި މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ދެންނެވީމެވެ. 

16 ފެބުރުވަރީ 2021
ހޯދާ