މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމާގުޅޭ

އިޢުލާން

ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމާގުޅޭ

             1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދަނީ ކުރަމުންނެވެ. މި ގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓުރީ ވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް 23 މާރޗް 2021 ދުވަހުގެ 13:00 ކުރިން މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް މި ކައުންސިލުން ލިބެންހުރި ވާހަކަ ދެންނެވީމެވެ.

              ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާފޯމް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ފަގީރުންގެ ދަފްތަރުގައި ރަޖިސްޓުރީވުމަށް އެދި ހުށަހަޅާފޯމްތައް  އިވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

16 ފެބުރުވަރީ 2021
ހޯދާ