މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކް ޕަރމިޓާގުޅިގެން ފުރިހަމަ ކުރަންޖެހޭ ވެރިފިކޭޝަންއާ ގުޅޭ

ވަރކް ޕަރމިޓާގުޅިގެން ފުރިހަމަ ކުރަންޖެހޭ ވެރިފިކޭޝަންއާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)101-ER/1/2021/40 (11 ފެބްރުއަރީ 2021) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

15 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން، އަމަލުކުރަން ފަށާފައިވާ ގަވާއިދު ނަންބަރު 2021/R-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އަމަލުކުރަން ފަށައި އެގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތީން، ވަރކް ޕަރމިޓް ދޫކުރަމުން ގެންދާވާހަކަ ދެންނެވީމެވެ. ވަރކް ޕަރމިޓް ދޫކުރެވޭނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށްފަހުގައި ކަމުގައިވީ ނަމަވެސް، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވެ، ދިވެހިރާއްޖޭގައި މިހާރު ވަޒީފާ އަދާކުރާ ބިދޭސީންގެ ވަރކްޕަރމިޓް ހައްދާ ދިނުމުގައި، މިދެންނެވި ވެރިފިކޭޝަނާ ނުލައި ވަރކް ޕަރމިޓް ހައްދައި ދެވޭނެއެވެ.

މި ފަރާތްތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަށް ވެރިފައިކުރުމަށްޓަކައި، މި މިނިސްޓްރީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތިން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހައްދައިގެން ވަޒީފާ ދޭ ފަރާތުން އެ ފަރާތެއްގެ ބިދޭސީ މުއްވައްޒަފުން މި މި ނިސްޓްރީއަށް ގެންނަންވާނެއެވެ.

މާލެ ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ތިބި ބިދޭސީންގެ ވެރިފިކޭޝަންގެ މަސައްކަތް ފަސޭހަ ކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި، އަތޮޅުތަކާއި  ޓޫރިސްޓް ރިސޯޓުތައް އަދި ޞިނާޢީ ބޮޑެތި މަސައްކަތްތައް ހިންގޭ ރަށްރަށަށް މި މިނިސްޓްރީގެ ޓީމުތައްގޮސް، އެ ފަރާތްތަކުގެ ވެރިފިކޭޝަން ފުރިހަމަކުރާނެއެވެ. ވެރިފިކޭޝަނުގެ މަސައްކަތް ރޭވޭ ގޮތާއި ޓީމުތައް ދަތުރުކުރާނެގޮތުގެ މަޢުލޫމާތު މި މިނިސްޓްރީން އިޢުލާން ކުރަމުން ގެންދާނެއެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2021
ހޯދާ