ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވ. ފެލިދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                                                                                      

                                                    ނަންބަރު: H-2020/30A

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ފަރާތުން ވ. ފެލިދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ H-2020/30   އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީހިސާބު ތަކުގެ އަގުތައް ބޮޑު ކަމަށް ފެންނާތީ އާއި، ދެވިފައިވާ މައުލޫމާތުތަކަށް ބަދަލްތަކެއް އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަން ޑޮކިއުމަންޓަށް ކުރިން ފައިސާ ދައްކަވައިފައިވާ ފަރާތްތަކުން އަލުން ފައިސާ ދައްކަވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2021 ފެބުރުވަރީ 17 އިން 2021 މާރިޗު 02

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2021 ފެބުރުވަރީ 21 އިން 2021 މާރިޗު 02

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2021 މާރިޗު 08 (ހޯމަ)

11:00 ގައި

އަގު ހުށަހެޅުން

2021 މާރިޗު 15 (ހޯމަ)

11:00 ގައި

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 (ވިހި) ދުވަސް އިތުރުވާންވާނެވެ. 

04 ރަޖަބް 1442

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ. 
 
16 ފެބުރުވަރީ 2021
ހޯދާ