މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރެސިޑެންސީ ފޯ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓަޑް ކޮމިއުނިޓީޒް (ވައި.ޓީ.ބީ) ޕްރޮގްރާމްސް 2021 / ތުރުކީ

ޕްރެސިޑެންސީ ފޯ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓަޑް ކޮމިއުނިޓީޒް (ވައި.ޓީ.ބީ) ޕްރޮގްރާމްސް 2021 / ތުރުކީ

 

ޕްރެސިޑެންސީ ފޯ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓަޑް ކޮމިއުނިޓީޒް (ވައި.ޓީ.ބީ) އިން ކުރިއަށްގެންދާ "ޓަރކިޔޭ ސްކޮލަރޝިޕް" ގެ ދަށުން ތުރުކީގައި ހިންގުމަށް ހަމަޖެހިފައިވާ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގަވާފައިވެއެވެ. މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ފައިނޭންޝަލް ސަޕޯޓް، ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި ހެލްތް އިންޝުރެންސް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

        

ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ފެބްރުވަރީ 2021 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯސްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މިއިޢުލާނާއިއެކު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާ އިންފޮމޭޝަން ޝީޓުންނާއި ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

https://turkiyeburslari.gov.tr/en/announcement/turkiye-scholarships-2021-applications

   

އަދި ވައި.ޓީ.ބީ އިން ކުރިއަށްގެންދާ "ޓަރކިޝް ލެންގުއޭޖް ޕްރޮގްރާމް ފޯ ޕަބްލިކް އޮފިޝަލްސް އެން އެކަޑެމިޝަންސް" ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން ވަނީ އަންގަވާފައެވެ. މިޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް ސްޓައިޕެންޑް، އެކޮމޮޑޭޝަން އަދި ދެކޮޅު ޓިކެޓް ޕްރޮގްރާމް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

 

މީގެއިތުރުން ވައި.ޓީ.ބީ އިން ކުރިއަށްގެންދާ  "ރިސަރޗް ސްކޮލަރޝިޕް ޕްރޮގްރާމް" އަށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން ވަނީ އަންގަވާފައެވެ. މިޕްރޮގްރާމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސްޓައިޕެންޑެވެ.

 

ވީމާ، މަތީގައި ބަޔާންކޮށްފައިވާ 2 ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުންވެސް 20 ފެބްރުވަރީ 2021 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މިޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާނެއެވެ.

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

16 ފެބުރުވަރީ 2021
ހޯދާ