ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހުޅިޔަންދު ވަރުވާއަށް ދޫކުރުމާ ގުޅޭ

ދަނބިދޫ ކައުންސިލްގެ އިހްތިޞާޞްގައި ހިމެނޭ ލ.ހުޅިޔަންދޫ 6 މަސްދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިރަށް ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހުން މަހަށް ކުލި ދައްކާ ގޮތަށެވެ. ވަރުވާއަށް ދޫކުރާ އެންމެ ކުޑައަގަކީ މަހަކު -/5000 ރ (ފަސްހާސް ރުފިޔާ) އަށެވެ.

           ވީމާ، މިރަށް ވަރުވާއަށްނެން ގެއުމަށް ބޭނުންފުޅުވާ ފަރާތްތަކުން 23 ފެބުރުވަރީ 2021 އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބުރުވަރީ 2021 ބުރާސްފަތި ދުވަހުގެ 13:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމަތު ސާފު ނުކުރާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެއެވެ. މިގޮތުން އެސްޓިމޭޓް ހުށަހަޅުއްވާއިރު އެމީހާގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީ ހުށަހަޅުއްވަން ވާނެއެވެ. އެސްޓިމޭޓް ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވާ މީހެއްކަން އިނގޭނެ ލިޔުމަކާއި އެމީހެއްގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީ ވެސް ހުށަހަޅަންވާނެއެވެ.

           ވީމާ،މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2021
ހޯދާ