ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

އިޢުލާން

1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

      1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދަނީ ކުރަމުންނެވެ. މިގޮތުން، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 21 ފެބްރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

      ވީމާ، މިއަދުން (16 ފެބްރުއަރީ 2021) ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 11:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރެވޭނެއެވެ. އަދި 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 11:00 އަށް ފޯމު ބަލައިގަތުން މި އިދާރާގައި ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. ކަނޑައެޅިފައިވާ ގަޑީގެ ބޭރުން އެއްވެސް ފޯމެއް ދޫ ނުކުރެވޭނެއެވެ. އަދި ބަލައި ވެސް ނުގަނެވޭނެއެވެ. އެހެންކަމުން ފޯމު ނަގާ ފަރާތްތަކާއި ހުށަހަޅާ ފަރާތްތަކުން ކަޑައެޅިފައިވާ ގަޑިއަށް ސަމާލުކަން ދެއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

            03   ރަޖަބު  1442

            16  ފެބްރުއަރީ 2021

16 ފެބުރުވަރީ 2021
ހޯދާ