މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް އަންހެނުންގެ ދަފްތަރެއް އެކުލަވާލުމާއިބެހޭ.

 

 

        

އިޢުލާން

އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް އަންހެނުންގެ ދަފްތަރެއް އެކުލަވާލުމާއިބެހޭ.

 

                އިޖުތިމާޢީ ސަރަހައްދުގެ ކުނިކެހުން ރަށުގެ އަންހެނުންނާ ހަވާލުކުރުމަށްޓަކައި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ އަންހެނުންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ، މި ދަފްތަރުގައި ރެޖިސްޓްރީވުމަށް ބޭނުންވާ އަންހެނުން، 22 ފެބްރުވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ދުރުވެ ނުވަތަ އިދާރާގެ ނަންބަރު 6560018 ށް ގުޅުއްވާ ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. އަދި އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމާގުޅޭ މަޢުލޫމާތު ޝީޓް  މި އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމު ކުރެވިފައި ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ މި އިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6560018 ފޯނާ ގުޅުއްވުން އެދެމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ރަޖަބް 1442

14 ފެބުރުވަރީ 2021

 

 

                                         އާދަމް ސަމީރު

                                    ހެނބަދޫ ކައުންސިލްގެ ރައީސް

 

14 ފެބުރުވަރީ 2021
ހޯދާ