މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލެ/ހުޅުމާލެއިން 2 (ދޭއް) ޓޫރިސްޓު ގެސްޓްހައުސް/ހޮޓާ ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ޙާއްސަ 3 (ތިނެއް) ޓޫރިސްޓު ގެސްޓުހައުސް/ހޮޓާ ކަނޑައެޅުމަށް މިމިނިސްޓްރީން 27 ޖަނަވަރީ 2021 ގައި ކުރެވުނު އިޢުލާން ނަންބަރު (IUL)88-PS/88/2021/7 އަށް އެކަށީގެންވާޢަދަދަށް ހުށަހެޅުން ލިބިފައި ނުވާތީ، މިއިޢުލާނަށް ބަދަލު ގެނެސް އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލީމެވެ.

މިގޮތުން، ކޯވިޑް-19 އަށް ފައްސިވާ އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަތުރުވެރިންނާއި މުވައްޒަފުން އައިސޮލޭޓް އަދި ކަރަންޓީން ކުރުމަށް މަދުވެގެން 15 ކޮޓަރީގެ 2 ގެސްޓްހައުސް/ހޮޓެލް މާލެ ނުވަތަ ހުޅުމާލެއިން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވާ ގެސްޓްހައުސް/ހޮޓަލުގެ ތެރެއިން 1 ގެސްޓްހައުސް/ހޮޓެލް ކޯވިޑް-19 އަށް ފައްސިވާ ކޭސްތައް އައިސޮލޭޓް ކުރުމަށް، އަދި 1 ގެސްޓްހައުސް/ހޮޓެލް ޑައިރެކްޓް ކޮންޓެކްޓްސް ކަރަންޓީނުކުރުމުގެ ބޭނުމަށް ކަނޑައެޅިގެންދާނެއެވެ. މި ބޭނުމަށް ގެސްޓްހައުސް/ހޮޓެލް ކަނޑައެޅިގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިންސްޕެކްޝަންއަކަށްފަހުއެވެ.

ވީމާ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް މާލެ/ހުޅުމާލެއިން ވަކި ޙާއްސަ ޓޫރިސްޓު ގެސްޓުހައުސް/ހޮޓާހަމަޖައްސަވައި ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިޢުލާނާއި އެއް ކަރުދާސްކުރެވިފައިވާ ލިޔުމާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް ހުށަހެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި 28 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 25 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު (+960) 302 2207  އަށްގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. 

 

 

15 ފެބުރުވަރީ 2021
ހޯދާ